Al Burooj Hajj & Umrah

Al Burooj Hajj & Umrah Authorized Hajj & Umrah service provider in the Maldives

Trust Us with Your Most Sacred Journey

17/01/2025

ޚާއްސަ ދަންނަވާލުމެއް

މި ހިނގާ 1446 ވަނަ އަހަރުގެ ރަމަޟާން ޢުމްރާ ގައި މިޖަމާޢަތުން މީހުން ނުގެންދާގޮތަށް ކުންފުނީގެ ބޯޑުން ނިންމާފައިވާތީ އެކަން އެންމެ ބޭފުޅުންގެ މަޢްލޫމާތަށްޓަކައި ދެންނެވީމެވެ.

ދެން މިޖަމާޢަތުން އެންމެ އަވަހަށް ކުރިއަށް ދާނެ ދަތުރަކީ ޖުލައި ޗުއްޓީ އާއި ދިމާކޮށް އޮންނަ ޢުމްރާދަތުރެވެ.
މިދަތުރުގައި ބައިވެރިވެލައްވާ އެންމެ ބޭފުޅުން އަޅުގަނޑުމެނަށް ގުޅުއްވުން އެދެމެވެ.

11/01/2025

(ޑިސެމްބަރ ދަތުރަށް ފަހުން އުމްރާވެރިންގެ ޝުޢޫރު 7)

السلام عليكم ورحمة الله وبركاته

މާތް ﷲ ގެ ރަޙްމަތާއި އިނާޔަތާއެކު އުމްރާ ދަތުރު ނިންމާލުމަށްފަހު ރާއްޖެ އާދެވުނުކަމަށްޓަކައި ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަޅުގަނޑުމެންގެ މި ދަތުރުގައި އަލްބުރޫޖުން ދެއްވި އެހީތެރިކަމާއި، ކޮށްދެއްވި އިންތިޒާމުތަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ.

އަޅުގަނޑާއި އާއިލާގެ ފަރާތުން، ތިޔަ ގްރޫޕުގެ ހަރަކާތްތަކުގައި އުޅުއްވި ހުރިހާ މެމްބަރުންނަށް ވަރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. . ތިޔަ ބޭފުޅުންގެ މަސައްކަތާއި އިޚްލާޞްތެރިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދަތުރު ފަސޭހަވެ، އުފާވެރި ތަޖުރިބާއަކަށް ވެގެންދިޔައެވެ.
އަދި މިފަދަ ދަތުރަކުން ބައްދަލުވާނެކަމަށް އުންމީދުކުރަމެވެ.

މާތް ﷲ އަޅުގަނޑުމެން އެންމެންގެ އަމަލުތައް ޤަބޫލުކުރައްވާ، ދުނިޔެއާއި އާޚިރަތުގައި ބަރަކާތްލައްވާށިއެވެ.އަދި ތިޔަބޭފުޅުންގެ މަސަތްކަތުގައި ބަރަކާތް ކައްވާށި އާމީން .
އަޅު: އަޙްމަދު ޒުހައިރު ގެ ޢާއިލާގެ 6 ބޭފުޅުންގެ ފަރާތުން

11/01/2025

(ޑިސެމްބަރ ދަތުރަށް ފަހުން އުމްރާވެރިންގެ ޝުޢޫރު 6)

އަލްބުރޫޖް ޢުމްރާ ގުރޫޕުން ޢުމްރާއަށް ވަޑައިގަތް ހުރިހައި ބޭފުޅުން ވެސް ބެހެއްޓެވި ގާތްކަމާއި ވެދެއްވި އެހީތެރިކަމަށް ޓަކައި ޝުކުރުވެރިވަމެވެ. ހުރިހައި ބޭފުންގެ ޢަމަލުފުޅުތަކަކީ ވެސް ﷲގެ ޙަޟުރަތުގައި މަޤުބޫލު އަމަލުތަކެއްކަމުގައި ލައްވާށިއެވެ! تقبل الله منا ومنكم. آمين.

11/01/2025

(ޑިސެމްބަރ ދަތުރަށް ފަހުން އުމްރާވެރިންގެ ޝުޢޫރު 5)

އައްސަލާމް އަލައިކުމް،

މާތް ﷲ ގެ ރަޙްމަތާއި އިނާޔަތާއެކު އުމްރާ ދަތުރު ނިންމާލުމަށްފަހު ރާއްޖެ އާދެވުނުކަމަށްޓަކައި ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަޅުގަނޑުމެންގެ މި ދަތުރުގައި އަލްބުރޫޖުން ދެއްވި އެހީތެރިކަމާއި، ކޮށްދެއްވި އިންތިޒާމުތަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ.

އަޅުގަނޑާއި އާއިލާގެ ފަރާތުން، ތިޔަ ގްރޫޕުގެ ހަރަކާތްތަކުގައި އުޅުއްވި ހުރިހާ މެމްބަރުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ. ޚާއްޞަކޮށް އާސިމްބޭގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ. ތިޔަ ބޭފުޅުންގެ މަސައްކަތާއި އިޚްލާޞްތެރިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދަތުރު ފަސޭހަވެ، އުފާވެރި ތަޖުރިބާއަކަށް ވެގެންދިޔައެވެ.
އަދި މިފަދަ ދަތުރަކުން ބައްދަލުވާނެކަމަށް އުންމީދުކުރަމެވެ.

މާތް ﷲ އަޅުގަނޑުމެން އެންމެންގެ އަމަލުތައް ޤަބޫލުކުރައްވާ، ދުނިޔެއާއި އާޚިރަތުގައި ބަރަކާތްލައްވާށިއެވެ. އާމީން.

ޝުކުރިއްޔާ
ـއާދަމް ސަލީމް އާއި އާއިލާ-

11/01/2025

(ޑިސެމްބަރ ދަތުރަށް ފަހުން އުމްރާވެރިންގެ ޝުޢޫރު 4)

Allaah ge rahmathaa eku umrage alhukan nimmumah fahun rakkaatherikamaa eku amilla vazanah aadhevijje alhamdhulillah bunelan beynun vanee albrooju management ge inthizam vvv rangalhu adhi hama ehemme dhathuru nimendhenves ihsaas kurevenee amilla aailaa ekuga vaakamuge ihsaas theh keun ves vvv rangalhu sheikhunge faraathun libunu mauloomath adhi gendhevunu Gina thaareekh than than mihen gos v Gina ihsaas thakeh eba huri ufaa kuran albrooju group ge faraathun dhevuneethee team ah khaassa shukureh adhaa kuran
Zoona ( dhontha)

11/01/2025

(ޑިސެމްބަރ ދަތުރަށް ފަހުން އުމްރާވެރިންގެ ޝުޢޫރު 3)

We, my wife and I, are pleased to thank the management and energetic young staff of AlBurooj, for their friendly service, efficient management and cooperation rendered us and all, during our stay in the holy cities of Makkah and Madinah for the Umrah performance.
May Allah Bless you all,

Azeez Jamaal

11/01/2025

(ޑިސެމްބަރ ދަތުރަށް ފަހުން އުމްރާވެރިންގެ ޝުޢޫރު 2)

މާތްﷲ ހެޔޮރަހުމަތާއެކު އުމްރާ ދަތުރު ނިންމާލުމަށްފަހު ރާއްޖެ އާދެވުމާއެކު ﷲ ހަމްދު ކުރަން
މިދަތުރުގައި އަލްބުރޫޖުން ދެއްވި އެހީތެރިކަމާއި އަދި އިންތިޒާމުތަކައް ވަރަށް ހިތްހަމަޖެހި އުފާކުރަން.
އަޅުގަނޑާއި އަޅުގަނޑު ގެ މަންމަ ފަރާތުން ތިޔަ ގްރޫޕުން ހަރަކާތުގައި އިސްވެ އުޅުއްވި ހުރިހާ ބޭފުޅުންނާއި ހާއްސަކޮށް ޝައިޚަށް ވަރަށް ބޮޑަށް
މަރުހަބާ ދަންނަވާ
ޝުކުރު އަދާކުރަން

ޟަހީމާ އަބްދުއްރަޙީމް
އާއިޟަތު ދޫމާ

އިރާދަކުރެއްވިއްޔާ އަދި ތި ބޭފުންނާ ބައްދަލްވާނެ ކަމަށް އުންމީދު ކުރަން
-ސަލާމް-

11/01/2025

(ޑިސެމްބަރ ދަތުރަށް ފަހުން އުމްރާވެރިންގެ ޝުޢޫރު 1)

މާތްﷲ ހެޔޮރަހުމަތާއެކު އުމްރާ ދަތުރު ނިންމާލުމަށްފަހު ރާއްޖެ އާދެވުމާއެކު ﷲ ހަމްދު ކުރަން
މިދަތުރުގައި އަލްބުރޫޖުން ދެއްވި އެހީތެރިކަމާއި އަދި އިންތިޒާމުތަކައް ވަރަށް ހިތްހަމަޖެހި އުފާކުރަން.
އަޅުގަނޑާއި އަންހެނުންގެ ފަރާތުން ތިޔަ ގްރޫޕުން ހަރަކާތުގައި އިސްވެ އުޅުއްވި ހުރިހާ ބޭފުޅުންނާއި ހާއްސަކޮށް ޝައިޚަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ
ޝުކުރު އަދާކުރަން.
އަލީ މުހަންމަދު ލ.މާވަށް
އާމިނަތު އަހުމަދު ލ.މާވަށް

الحمد الله،  ޑިސެމްބަރ 2024 ގައި ޢުމްރާގެ ބައިވެރިން ހެޔޮޙާލުކޮޅުގައި އެނބުރި ރާއްޖެ ވަޑައިގަތުން...
04/01/2025

الحمد الله، ޑިސެމްބަރ 2024 ގައި ޢުމްރާގެ ބައިވެރިން ހެޔޮޙާލުކޮޅުގައި އެނބުރި ރާއްޖެ ވަޑައިގަތުން...

ٱلْحَمْدُ لِلَّٰهِ ހުރިހާބައިވެރިން ވަނީ ފްލައިޓް އަށް ޗެކިން ވެލާފަ. ފުރަން ހަމަޖެހިފައިވާ ގަޑި އަކީ 06:35 ސައޫދީ ގަޑިނ...
03/01/2025

ٱلْحَمْدُ لِلَّٰهِ ހުރިހާބައިވެރިން ވަނީ ފްލައިޓް އަށް ޗެކިން ވެލާފަ.

ފުރަން ހަމަޖެހިފައިވާ ގަޑި އަކީ 06:35 ސައޫދީ ގަޑިން.

ފްލައިޓު މާލެ އަށް ޖައްސާނެ ކަމަށް ބެލެވޭ ގަޑި އަކީ ރާއްޖެ ގަޑިން 14:00 ގައި.

މާތް ﷲ ހުރިހާ ބައިވެރިންގެ ފާފަ ފުއްސަވާ، އަޅުކަން ޤަބޫލުކުރަށްވާ އަދި ހެޔޮ ރަޙްމަށްލައްވާށި. آمین

ދާގީނާ ހަވާލު ކުރުން ކުރިޔަށް ދަނީ. إِنْ شَاءَ ٱللَّٰهُ މިރޭ ފުރަން ޖިއްދާ އަށް ދާން ދަނީ ތައްޔާރު ވަމުން. ރާއްޖެ އަންނަ...
02/01/2025

ދާގީނާ ހަވާލު ކުރުން ކުރިޔަށް ދަނީ. إِنْ شَاءَ ٱللَّٰهُ މިރޭ ފުރަން ޖިއްދާ އަށް ދާން ދަނީ ތައްޔާރު ވަމުން.
ރާއްޖެ އަންނަން ފުރަން ހަމަޖެހިފަ ވަނީ މިރޭ ފަތިހު ސައޫދީ ގަޑިން 06:35 ގައި.

ٱلْحَمْدُ لِلَّٰهِ ހުރިހާ ބައިވެރިން ވަނީ މަދީނާ އިން މައްކާ އަށް ހެޔޮ ހާލުގައި ވާސިލްވެފައި. 3 ވަނަ އުމްރާ ކުރިޔަށް ދަނ...
31/12/2024

ٱلْحَمْدُ لِلَّٰهِ ހުރިހާ ބައިވެރިން ވަނީ މަދީނާ އިން މައްކާ އަށް ހެޔޮ ހާލުގައި ވާސިލްވެފައި. 3 ވަނަ އުމްރާ ކުރިޔަށް ދަނީ.

30/12/2024

މަދީނާ ޒިޔާރަތުގެ ތެރެއިން : މަޒްރަޢް (ކަދުރު ބާޒާރު) އަށް ދިޔުން

މަދީނާ ޒިޔާރަތުގެ ތެރެއިން : އަންހެން ބޭފުޅުން ރައުޟާ އަށް ވަނުން
30/12/2024

މަދީނާ ޒިޔާރަތުގެ ތެރެއިން : އަންހެން ބޭފުޅުން ރައުޟާ އަށް ވަނުން

މަދީނާ ޒިޔާރަތުގެ ތެރެއިން : ފިރިހެން ބޭފުޅުން ރައުޟާ އަށް ވަނުން
29/12/2024

މަދީނާ ޒިޔާރަތުގެ ތެރެއިން : ފިރިހެން ބޭފުޅުން ރައުޟާ އަށް ވަނުން

29/12/2024

މަދީނާ ޒިޔާރަތުގެ ތެރެއިން : އުހުދުގެ މައިދާނުން

Address

Handhuvaree Hingun
Male
20305

Opening Hours

Monday 20:30 - 22:30
Tuesday 20:30 - 22:30
Wednesday 20:30 - 22:30
Thursday 20:30 - 22:30
Sunday 20:30 - 22:30

Website

Alerts

Be the first to know and let us send you an email when Al Burooj Hajj & Umrah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Al Burooj Hajj & Umrah:

Videos

Share

Category