Visit kurinbi

Visit kurinbi Kurinbi is one of the tropical and inhabited islands of Hdh Atoll administrative division

26/07/2024

މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން 🇲🇻
މި ފޮޓޯއިން ދައްކުވައިދެނީ އިހުދިވެހިން ބޭސްވެރިކަން ކޮށްއުޅުނު ގޮތާއި، އިހު ޒަމާނުގައި ކުޅިވަރެއްގެ ގޮތުގައި ކުޅެ އުޅުނު "އޮއްވަޅު" ކުޅޭ މަންޒަރެވެ.
ކަލްޗަރަލް ކުލަބް ފޮޓޯ ޗެލެންޓް - މިނިވަން ދުވަސް 2024
📸 ޢަލީ މީކާއިލް ސުލައިމާން

26/07/2024

މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން 🇲🇻
މި ފޮޓޯއިން ދައްކުވައިދެނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު އެދުރުދައިތަ ގެއަށް ކިޔަވަން ދެވުނު ވަގުތު ބަޑީގެ ގަދަފަދަ އަޑުފަށްގަނޑު އިވި ސިހުން ލިބިގެން ދިޔަ މަންޒަރެވެ.
ކަލްޗަރަލް ކުލަބް ފޮޓޯ ޗެލެންޓް - މިނިވަން ދުވަސް 2024
📸 ޙުސައިން އާދަމް

26/07/2024

މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން 🇲🇻
މި ފޮޓޯއިން ދައްކުވައިދެނީ ކުރީ ޒަމާނުގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއެވެ. ރުކު އަޅައިގެން ގެއަށް އައިސް އުޅޭ މަންޒަރާއި، ހުނިގޭނުން، އިލޮށި ފޭހުން އަދި ބަނޑިޔަލުގައި ފެންގެނައުމުގެ އިތުރުން ރޯނުވެށުން މި ތަސްވީރުން ދައްކުވައިދެއެވެ. މި ފޮޓޯގައިވާ ދިވެހި ދިދައިން ދިވެހީންގެ "މިނިވަންކަން" ރަމްޒުކޮށްދެއެވެ.
މި ފޮޓޯއިން ފެންނަ ތަކެތީގެ ތެރޭގައި ހުނިގޮނޑި، ތަގަރި، ފަންގަނޑު، މުޅޯށި، ޖޯލި، ބަތްޕޮޅި، ބަނޑިޔާ، ސައިކުރާ، ރުނބާ، ގުޅި، ވިސްނަފަތި، ވޮށުފިލާ، ފަންއަތްގަނޑު، ދައި، ރޯނު، ރޯނު ވަށާ ކަނިގަނޑު، ކަތިވަޅި، ދެފައި ގޮނޑި، ރާބަދި، ފަންބޮނޑި، ކަނޑޫ، އިހުގެ ނާޅި، ފުޅި ބައްތި، ބަނބުކެޔޮ، ކަށިކެޔޮ ލިޔާވަޅި، ބަޅުބޯވަޅި، ކޮށާވަޅި، ލީލި، ފަން، އިލޮށި، ފުފޭ ދިގުގޮނޑި، ފަންބޮނޑި ހިމެނެއެވެ.

ކަލްޗަރަލް ކުލަބް ފޮޓޯ ޗެލެންޓް - މިނިވަން ދުވަސް 2024
📸 ޙުސައިން ޝާއިން

26/07/2024

މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން 🇲🇻
މި ފޮޓޯއިން ދައްކުވައިދެނީ އިހުޒަމާނުގައި ދިވެހިން ބޭސްވެރިކަން ކޮށްއުޅުނު ގޮތެވެ. ބޭސްވެރިކަމަށް ބޭނުންކުރި ފަތްޕިލާވެލި، ދައިން ބޭސް ފުނޑުމާއި، އޮޑިހަނުން ބޭސް ގޭނުމާއި، ބޭސް ތަޅަންވެސް ބޭނުންކުރި ވަން، ބޭސް ކައްކާ އުނބުގަނޑު، ތަދުވާ ތަންތަނުގައި ތަތްކޮށްއުޅުނު ކަނދޮޅު ދުލި، ބޮނޑިތާން ކުރުމަށް ބޭނުންކުރި އަޅިބޮނޑި މި ފޮޓޯއިން ދައްކުވައިދޭއިރު ކުދިން ބޭނުންކޮށްފައި އެވަނީ އާއްމުކޮށް އެޒަމާނުގައި ލައި އުޅުނު ހެދުމެވެ.
ކަލްޗަރަލް ކުލަބް ފޮޓޯ ޗެލެންޓް - މިނިވަން ދުވަސް 2024
📸 މާޒިން މޫސާ

26/07/2024

މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން 🇲🇻
މި ފޮޓޯއިން ފެނިގެންދަނީ ދިވެހިންގެ އިހުޒަމާނުގެ ދިރިއުޅުމެވެ. އޮޑިހަނުން ދިވެހި ބޭސް ގޭނުމާއި، ގަތާފައިން ބޯވަޅު ގެތުން ދައްކުވައިދެއެވެ. ދިވެހި ބޭސްވެރިކަމުގައި ބޭނުންކޮށްއުޅުނު މަސްދަތާއި، ބޯރަންކަރުފަދަ ތަކެތި ފެނެއެވެ. ރޯނު ފޯލި އަޅަމުން ދަރިފުޅަށް ދޮލަނގުގައި ކިޔަވައިދޭ މަންޒަރު ދައްކުވައިދެއެވެ. އިހުގެ ދިމާއެނދާއި، ބޮޑުއަށި، އަދި ހިފާގެންގުޅޭ ގިނަ ސާމާނު ފެންނައިރު، ފެންއަޅައި އުޅުނު ރުނބާ، ފާނޫޒާއި، އަތްބައްތި އަދި ފުޅިބައްތިފަދަ އަލިކުރަން ބޭނުންކުރި ތަކެތި ދައްކުވައިދެއެވެ. ބޮޑުއަށި މަތިން އިހުގެ ދަގަނޑު ފޮށި، ތެޔޮ ވަށިގަނޑު އަދި މަލާފަތް ފެންނައިރު، ތަފާތު އެކި ކަހަލަ ރުނބާ، އަތްދޮންނަ ކުރާ ފެނެއެވެ. މި ތަސްވީރުގައި ކުދިން ބޭނުންކޮށްފައި އެވަނީ އިހު ދިވެހިން ލައި އުޅުނު ލިބާހާއި، މުންޑާއި ހެދުންބުރިއެވެ.
ކަލްޗަރަލް ކުލަބް ފޮޓޯ ޗެލެންޓް - މިނިވަން ދުވަސް 2024
📸 ސަމިއްޔާ މުޙައްމަދު

26/07/2024

މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން 🇲🇻
މި ފޮޓޯއިން ރަމްޒުކޮށްދެނީ ދިވެހިންގެ އިހުގެ ދިރިއުޅުމާއި، ކޮށްއުޅުނު މަސައްކަތްތަކާއި ދިވެހީންގެ އާދަކާދަ ހުރިގޮތެވެ.
ކަލްޗަރަލް ކުލަބް ފޮޓޯ ޗެލެންޓް - މިނިވަން ދުވަސް 2024
📸 ޢަލީ ވިސާމް

26/07/2024

މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން 🇲🇻
މި ފޮޓޯއިން ދައްކުވައިދެނީ ކާބަފައިންގެ އިހުގެ ދިރިއުޅުމުން ދުވަހެކެވެ. މި ތަސްވީރުން އިހުގެ ބަދިގެއާއި، ފެން ބަލައިގޮސްފައި އަންނަ މަންޒަރާއި، ދަރިން މުރަނަ ރޮށި ކާ މަންޒަރު، ފުނޑަން ބޭނުންކުރި ދައި، ހުނިގޮނޑި، ކައްކަން ބޭނުންކުރި ދަރު، ރައިވެރިކަމުގައި ބޭނުންކުރި ރާބަދި އަދި ކުކުޅަށް ކާން އަޅާފައިވާ މަންޒަރާއި، އިހު ދިވެހީންގެ ހެދުން އެޅުން ދައްކުވައިދެއެވެ.
ކަލްޗަރަލް ކުލަބް ފޮޓޯ ޗެލެންޓް - މިނިވަން ދުވަސް 2024
📸 ސަމިއްޔާ މުޙައްމަދު

26/07/2024

މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން 🇲🇻
މި ފޮޓޯއިން ދައްކުވައިދެނީ އެވޭލާ ދިވެހިންގެ ދުވަހީ ދިރިއުޅުމުގެ ބައެއް މަސައްކަތްތަކެވެ.
ކަލްޗަރަލް ކުލަބް ފޮޓޯ ޗެލެންޓް - މިނިވަން ދުވަސް 2024
📸 ޙުސައިން ޝާއިން

26/07/2024

މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން 🇲🇻
މި ފޮޓޯއިން ދައްކުވައިދެނީ ކުރީ ޒަމާނުގައި ދިވެހި އާއިލާއެއްގެ އާއްމު ދިރިއުޅުމެވެ.
ކަލްޗަރަލް ކުލަބް ފޮޓޯ ޗެލެންޓް - މިނިވަން ދުވަސް 2024
📸 ޙުސައިން އާދަމް

26/07/2024

މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން 🇲🇻
މި ފޮޓޯއިން ދައްކުވައިދެނީ، އިހު ދިވެހީންގެ އާދަކާދައާއި ސަޤާފަތުގެ ތެރެއިން ގޭތެރޭގެ ދިރިއުޅުމާއި, ކަސަބާއި ކިނާރީން ލިބާހުގެ ބޯވަޅުގެތުމާއި, އުޑި ބޭނުންކޮށްގެން ބިންބި މުގުރުމުގެ އިތުރުން ކުޅިވަރެއްގެ ގޮތުގައި ކުޅެއުޅުނު އޮށްވަޅުގޮނޑާއި ގޭތެރެ ސާފުކުރުމަށް ބޭނުންކުރި އިލޮށިފައްޗާއި ގޭތެރޭގެ ސާފުތާހިރުކަމެވެ.
ކަލްޗަރަލް ކުލަބް ފޮޓޯ ޗެލެންޓް - މިނިވަން ދުވަސް 2024
📸 ޙުސައިން ޝާއިން

26/07/2024

މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން 🇲🇻
މި ފޮޓޯއިން ދައްކުވައިދެނީ އިހުޒަމާނުގައި ކާބަފައިން ރިޔަލު ދޯނީގައި މަސްބާނައިގެން ލަފައިގެން އަންނަ މަންޒަރެވެ. މިހެން މަހުން ލަފައިގެން ގެއަށްދާއިރު ދޮށްޓާއި، ވަދު ފޮށި އަދި ހުންގާނު ދޫނިވެސް ގެއަށް ގެންގޮސް އުޅުނެވެ.
ކަލްޗަރަލް ކުލަބް ފޮޓޯ ޗެލެންޓް - މިނިވަން ދުވަސް 2024
📸 ޙުސައިން އާދަމް

26/07/2024

މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން 🇲🇻
މި ތަސްވީރުން ދައްކުވައިދެނީ އިހު ދިވެހީންގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ފުދުންތެރި އާއިލާއެއްގެ ދިރިއުޅުމެވެ. އެގޮތުން ދިވެހީންގެ ކެއުންބުއިމާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތާއި ހެދުން އުޅުމުން ދިވެހީންގެ ސަގާފަތާއި އާދަކާދަ އަދި ޤައުމިއްޔަތު ދައްކުވައިދެއެވެ. އިހު ދިވެހީން ދިރިއުޅުނު ތެޅިގަލުން ރާނާފައިވާ ގެއެއް ފެންނައިރު، ރައިވެރިކަމާއި، ރޯނުވެށުމާއި، ޤުރުއާން ކިޔެވުން ދައްކުވައިދޭއިރު، ރޯނުވެށުމަށް ބޭނުންކުރާ ސާމާނާއި، ރައިވެރިކަމަށް ބޭނުންކުރާ ސާމާނާއި، މަސް ހިފާ ދައު، އިލޮށިފަތި، ވަށި، ރުނބާ، ފަނބޮޑު، ދަރު، ކާށި، ފޭރާ، ފުޅިބައްތި ފެނިގެންދެއެވެ. މީގެ އިތުރުން އޭރު ކެއުން ބުއިމަށް ބޭނުންކުރި ތަކެއްޗާއި، އޮއްވަޅު ކުޅުން ދައްކުވައިދީފައިވެއެވެ.
ކަލްޗަރަލް ކުލަބް ފޮޓޯ ޗެލެންޓް - މިނިވަން ދުވަސް 2024
📸 ޙުސައިން ޝާއިން

Address

Male
02090

Alerts

Be the first to know and let us send you an email when Visit kurinbi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Visit kurinbi:

Share